މި ސަރުކާރަށް މަސްވެރިން ކިޔޫ ސަރުކާރު ކިޔާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި، މަސްވެރިން އެހެން ކިޔާ ސަބަބުތައްވެސް ވިދާޅުވެދެއްވިއެވެ. އެގޮތުން މަސްވެރިން، ތިން ކިޔޫއެއްގައި ޖެހެން ޖެހޭކަމުގެ ޝަކުވާ ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއީ މަސް ކިރުމާއި، އައިސް އެޅުމަށާއި ތެޔޮ އެޅުމަށެވެ.

”ކިޔޫތަކުގައި ފަސް ދުވަސް ހޭދަވާ ކަމަށް ބުނޭ. މަސްކިރީމަ ދޭން ބުނި ޑޮލަރުގެ ބަދަލުގައި ލިބެނީ މުއްދަތު ފައިސާގެ ޗިޓެއް ކަމަށް.“ ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސްވެރިން ރަނގަޅަށް މަސް ބާނަން ފަށައިފިނަމަ، ދެންވާނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިން އެ ބުނާ ތިން ކިޔޫގައި 5 ދުވަސް ހޭދަކުރުމަށްފަހު ބާނާ މަސްކޮޅު ކިރަން ފުރުސަތު ލިބޭއިރު ގެންދާ މަހުގެ އެއްބައި ހުންނަނީ ގޯސްވެފަ ކަމަށެވެ.

އެގޮތުން 12 ޓަނުގެ މަސް ހިފައިގެން ފެލިވަރަށް ގޮސް މަސް ކިރޭ ވަރު ވާއިރު ތިން ޓަނުގެ މަސް ގޯސްވެފައި ހުންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.