ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން، 99 ޕަސެންޓް ފުއްދާފައިވާކަމަށް، ވެރިކަން ހިންގާ ކޯލީޝަގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގާސިމް އެގޮތަށް ވިދާޅުވީ ޖޭޕީއަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން މަޖިލީހަށް ހާޒިރުކޮށް މިއަދު އޭނާއަށް ކުރިމަތިކުރެއްވި ސުވާލުތަކާ އެކު ފޯރިގަދަވެގެން އުޅެނިކޮށް ނިޒާމީ ނުކުތާއެއް ނަންގަވައިގެންނެވެ.

ގާސިމް ދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ 99 ޕަސެންޓް މިހާރު ފުއްދާފައިވާ ކަމަށެވެ.

”އަޅުގަނޑު ޔަގީންކުރަން އޭރު [ރިޔާސ އިންތިހުބުގައި] މި ސަރުކާރުން ވި ވައުދުތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިންމަވާފައިވާ ކަމަށް“ ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ މި ވާހަކައާ ގުޅިގެން އެމްޑީޕީގެ މެމްބަރުންތަކެއް އަތްތިލަބަޑި ޖައްސަވައި ފޯރި ވެސް ނެންގެވިއެވެ.

ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ވިޔަފާރި އަށް އޭނާ ވަދެވަޑައިގަތީ ރައީސް މައުމޫން އަބްދުލް ގައްޔޫގެ ޒަޢާމަތުގައި ކުރެއްވި އިއުލާނަކާ ގުޅިގެން ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް އަމިއްލަ އަށް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދާއިރާ ކުރިއަރަން ޖެހޭ ވަރަށް ނާރާ ކަމަށް ވިދާޅުވިއެވެ.ގެ

މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އިން ބެލި ނަމަވެސް ސަރުކާރަށް އެ ދާއިރާ އަށް ވި ވައުދުތައް ނުފުއްދި މަސްވެރިންގެ ހާލަތު ދަށްވަމުންދާ ކަމަށެވެ.

މަސްވެރިންނަށް ދިމާވަމުންދާ މައްސަލައާ ގުޅޭ ކުއްލި މައްސަލައެއްމިއަދު ހުށަހަޅައި ބަހުސްކުރި އިރު، އެ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.