ކ.ގުރައިދޫގެ މިސްކިތެއްގައި ދާއިމީ މުދިމަކު ނެތި އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

Ads by Asuru

މިކަމާ ގުޅިގެން އެރަށު ކައުންސިލުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވީ، ގުރައިދޫގެ މިސްކިތެއް ކަމުގައިވާ ”މަސްޖިދުލް އިޚާ“ގެ މުދިމު، މިދިޔަ އަހަރުގެ މާޗުމަހުގެ 12 ވަނަ ދުވަހު ރިޓަޔަރ ކޮށްފައިވާ ކަމަށެވެ.

”މުދިމެއް ހަމަ ނުޖެހި، މިނިސްޓްރީއަށް ގުޅައި، އާދޭސްކޮށް، ސިޓީ ފޮނުވާާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ.“ ޔާމީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިނިސްޓްރީން މިހާރު ފޯނަށް ޖަވާބުވެސް ނުދޭ ކަމަށެވެެ. އަދި އެ މިސްކިތަށް މުދިމެއް ހޯދައިދޭން ކިހާ ދުވަހެއް ހޭދަވާނެތޯވެސް އެއްސެވިއެވެ.

މިކަމާ ގުޅޭގޮތުން މި ނޫހުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ، މިކަން ބެއްލެވުމަށްފަހުގައި ޖަވާބެއް އަރުވާނެ ކަމަށެވެ.