ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅުގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފިއެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތްތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތަކީ ފެންނަނީ މުހައްމަދު އިސްމާއީލްއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި މުހިންމު ހަރަކާތެއް ކަމަށާއި ސަރުކާރުން ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އިންޑިއާ އައުޓް ނުހުއްޓުވޭނެ ކަމަށްވެސް މުހައްމަދު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.