މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މި މައްސަލާގައި ބުނެފައިވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމަށެވެ.

އަދި އެ ކަމަށް މާލޭގެ ގުދުރަތީ ވެށި ނުގެއްލޭނެ ގޮތަށް ކަންކަން ރާވަން ޖެހޭނެކަން ފާހަގަކުރައްވައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ހުށަހެޅުއްވި މައްސަލައިގައި ވަނީ، އަމީނީމަގުގައި ހެދިފައިވާ ބޮޑެތި ބައެއް ގަސްތައް މިހާރުވެސް ކަނޑާފައިވާ ކަމަށެވެ.

އަޮ އެ މަގުގައި މިހާރު މަސައްކަތް ކުރާ ހިސާބުގައި ހުރި ގަސްތައް ކަނޑާފައިވާ އިރު ކުރިއަށް އޮތްތާގައި މަގު ހަދާ ހިސާބުތަކުގައި ހުރި ގަސްތައް ވެސް އެގޮތަށް ކަނޑާނެތޯ ސުވާލު އުފެދޭ ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

ހަސަން ހުށަހެޅުއްވި މައްސަލައިގައި ވަނީ، އަމީނީ މަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައް ވެސް ރަނގަޅު ފެންވަރަށް ހަދާއިރު ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކީން ހާއްސަކޮށް އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެ މަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމުގައެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާ އެވެ. އާރްޑީސީން ވަނީ ގަސްތައް ކެނޑި ނަމަވެސް އަލުން ގަސްތައް އިންދާނެ ކަމަށް ބުނެފައެވެ.