އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެެވެ. ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރަން އުޅޭނެ ކަމެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތަށް އިންތިހާބެއް ނުބޭއްވޭނެ ކަަމަށެވެ.

މުންދު ވިދާޅުވީ ޔާމީން ވެރިކަމަށް ގެންނަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ ނަންފުޅު ވޯޓުކަރުދާސްކޮޅުގައި ނެތްނަމަ އެ އަރައިގަނެވެނީ ގިނަ ބައެއްގެ ހައްގަށް ކަމަށާއި، މި ފަސް އަހަރު ލިބުނު އަނިޔާ އިތުރު ފަސް އަހަރު ލިބެން ބަލަހައްޓައިގެން އެ ރައްޔިތުން ނުތިބޭނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު ވަނީ ރައީސް ޔާމީނަށް އަރުވާފައެވެ.