ވައިގެމަގުން ދުބާއީއިން ރާއްޖެއައި އުމުރުން 48 އަހަރުގެ ފިރިހެނެއްގެ އަތުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Asuru

ކަސްޓަމްސްއިން ބުނީ މިމަހުގެ އެއްވަނަ ދުވަހު ދުބާއީއިން ރާއްޖެއައި އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ލަގެޖުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުއްޓާ ފެނިފައިވާ ކަމަށެވެ.

އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮސިޓިވް ވެފައިާ ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ މި މައްސަލައިގަައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށެވެ.

އަތުލައިގަނެވުނު ތަކެތީގައި 10 ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.