މާލެއިން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުން އަންނީ ބ. ކެންދޫ، އުމުރުން ޝަހުމުﷲ ސާޖިދު، 33 ކަމަަށެވެ.

ފުލުހުން ބުނީ އޭނާ އާއިލާ އަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އިއްޔެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ޝަހުމުﷲ އަކީ މާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެއެވެ.