ބޭނުންވާ ތަކެތި:

8 އޯރިއޯ ބިސްކޯދު

4/1 ޖޯޑު ޗޮކްލެޓް ސިރަޕް

4 ސައިސަމުސާ ވެނީލާ އައިސްކްރީމް

50-100 މލ މިލްކް

އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް:

އޯރިއޯ މިލްކްޝޭކް ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދު، އައިސްކިއުބް، އަދި އައިސްކްރީމް މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ.

އަދި ޗޮކްލެޓް ސިރަޕް ކޮޅު އަޅާލާފައި އަނެއްކާވެސް ގިރާލައި، ބޭނުންވާ ވަރަށް އޮލަވަންދެން ގިރާށެވެ. އޭރުން އޯރިއޯ މިލްކްޝޭކް ތައްޔާރުވީއެވެ.