މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހުގައި 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ހިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށް ވުމެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ހަރަދު ކުރުމަށް ހަމަޖެހިފައިވާ އަމިއްލައަށެވެ.

2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދާދީފައިވެއެވެ.