ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވާފައި ވަނީ މ. ޕޮޕީ، މުހައްމަދު ޝަފީގު މަހުމޫދާއި ސ. ހުޅުދޫ، ސީބްރީޒް، އަހުމަދު މަގުސޫމްއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، އެ ދެ ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.

އެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެޗްއާރްސީއެމްއަށް ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.