ހުޅުމާލޭގެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ފަސް ގޮޅި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު މެންދުރުފަހު 3:30 ގެ ކުރިން sales@hdc.mv އަށް މެއިލްކުރުން އެދޭ ކަމަށެވެ.
އެޗްޑީސީން ބުނީ، ގުރުއަތު ނެގުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.
ގޮޅިތަކާ ބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1516 އަށް ގުޅުމަށްވެސް އެ ކޯޕަރޭޝަނުން އެދެއެވެ.

