ބ. ދޮންފަނުގެ ބިން ނުހިއްކިޔަސް، އެ ރަށުގެ އެހެން މަޝްރޫއުތައް ހިންގަވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކަން ވައުދުވެވަޑައިގަތީ، އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

އަދި، އެ ވައުދު ފުއްދަން އެއްބަސްވުމުގައި ސޮއިކުރިއިރު، ރައްޔިތުން މިހާރު ދޮންފަނުގެ ބިން ހިއްކަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއެއްގެ ޒަރިއްޔާއިން އަންގަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުން ބޭނުން ނުވާ ކަމެއް ނުކުރާނެ ކަމަށެވެ.

ރައީސް ކުރެއްވި އެ ޕޯސްޓް ރީޕޯސްޓް ކުރައްވަމުން މުއްތަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.