ކ. ތިލަފުށީގައި ބިދޭސީއަކު ލޮރީއެއް ދަށުވެ، ލިބުނު ސީރިއަސް އަނިޔާތަކަށްފަހުގައި، އައިޖީއެޗުގެ ވޯޑުގައި ފަރުވާ ދޭން ފަށައިފިއެވެ.

އިއްޔެ ފުލުހުން ބުނީ ހާދިސާ ހިނގައިގެން ރިޕޯޓުކުރީ މެންދުރުފަހު 14:15 ހާއިރުކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނީ ސްރީލަންކާ ރައްޔިތަކަށެވެ. އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި އެއީ 53 އަހަރުގެ މީހެކެވެ.

ހޮސްޕިޓަލުން ބުނީ މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ، އެކްސްކެވޭޓަރެއް ކައިރި އޭނާ މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓި، ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަަށެވެ.

މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި މިހާ މިހާރު ހުރީ ފުލުުހުންގެ ބެލުމުގެ ދަށުގައެވެ.

އެއީ އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީއެެވެ. ފުލުހުން ވަނީ އޭނާ ދުއްވި ލޮރީ ވެސް ޓޯކޮށްފައެވެ.