މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ރޭ މަޖީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް  ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ރޭ މައުލޫމާތުދިނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.