ޑިމޮކްރަސީ ދުވަހާ ގުޅިގެން، ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހައި، އެންމެން ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކޮށް، އެކި ކަހަލަ ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި އަދި މުސްލިމް ލީޑަރުން ބާއްވަވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މި ވަގުތު ޤަތަރުގައި ހުންނެވި ރައީސް މުއިއްޒުގެ އެ ޕޯސްޓުގައި ވަނީ، މިއަދު ޑިމޮކްރަސީގެ އަސާސްތަކާ މެދު ވިސްނާއިރު، ދުނިޔޭގައި ހައްގު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއެކު ތިބިކަން ހާމަކުރައްވައިފައެވެ.
ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިހުންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

