ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، އިސްރާއީލުން ގަތަރަށް ދިން އުދުވާނީ ޙަމަލާގައި، އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވިއެވެ.
އަދި ގަތަރުގެ އިސްތިގުލާލަށް އުނިކަން އައިސްފައިވާކަން ކުށްވެރި ކުރައްވައި، ސަރަހައްދީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގަތަރުގެ އަމީރު ދެއްކެވި ވާހަކަފުޅުގައި، އަރަބި-އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓް ބޭއްވުމުގައި، ގަތަރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، ފަލަސްތީނަށް ގަތަރުން ވެދެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ، ރާއްޖެ-ގަތަރުގެ ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އަދި ފަލަސްތީނުން މިނިވަންކަމަށް ކުރާ މަސައްކަތުގައި ދެ ގައުމު ވެސް ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އައު ކުރެއްވިއެވެ.
ި

