ބާސެލޯ ނަސަންދުރަ ކައިރީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ ވީޑިއޯއެއް، ”އެމްވީ ކްރައިސިސް“ ޕޭޖުގައި ހިއްސާކޮށްފައިވެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި މީހުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބާސެލޯގެ އިރުމަތީން އެއްކޮށްފައިހުރި ކުނިތަކެއްގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.