އައްޑޫ ސިޓީ އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގުރާމު ނިންމާލައިފިއެވެ.

މިކަމަށްޓަކައި އައްޑޫ ސިޓީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާންއެވެ.

މި ޕްރޮގުރާމުގައި 52 އިމާމުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގުރާމުގެ ދަންފަޅިތައްް ނަންގަވައިދެއްވީ އައްޝައިހު މުހައްމަދު އަނީލް، އައްޝައިހު އަހުމަދު ނާޒިހު، އަައްޝައިހު އަހުމަދު ރިމާޒް އަދި އަލް ހާފިޒު މުހައްމަދު ސޯލިހު އަހުމަދުއެވެ.

އިމާމުންނާއި ހަތީބުން ތާޒާކޮށް އިތުރަށް ތަމްރީން ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.