ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ގޮތްޕެއް ކަމުގައިވާ ސެނަހިޔާ ހައިޕަރބެރިކް ސެންޓަރ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ތ.ގުރައިދޫގައި ހުޅުއްވައިދެއްވައިފިއެވެ.

ސެނަހިޔާ ހައިޕަރބެރިކް ސެންޓަރުގައި ބެހެއްޓިފައިވާ ހައިޕަރބްރިކް ޗެމްބަރއަކީ ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އެމްއެންޑީއެފަށް ލިބިފައިވާ ޗެމްބަރއެކެވެ.

ސެނަހިޔާ ހައިޕަރބެރިކް ސެންޓަރަކީ ޑައިވްކުރުމުގައި ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެކެވެ.

މި ސެންޓަރުގެ ސަބަބުން، ދިވެހި މަސްވެރިންނަށާއި، ޑައިވަރުންނަށާއި، ފަތުރުވެރިންނަށް ޑައިވްކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކަށް ފަރުވާ ދިނުމަށް ބޭނުން ހިފޭނެއެވެ.

މިއީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ހައިޕަރ ބެރެކް މެޑިކަލް ހިދުމަތްދޭ ސެންޓަރެވެ.