މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ މުއްސަނދިކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި ދުވަސް ރާއްޖެއިން ފާހަގަކުރަމުންދަނީ ރާއްޖެއިން މުޅި ދުނިޔެއަށް ދައްކާ މެހެމާންދާރީގެ ރޫހާއެކު ކަމަށެވެ.
އަދި އަމާޒަކީ، ރަށްރަށުގެ އިގުތިސާދުތައް މައްޗަށް އުފުލައި، ރާއްޖޭގެ ރަށްރަށުގެ މުއްސަނދިކަން ދައްކުވައިދޭ، މީހުން މަރުކަޒުކޮށްފައިވާ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ އަތޮޅަކަށް އަދި ކޮންމެ މުޖުތަމައަކަށްވެސް ފުރުސަތުތައް ފުޅާކޮށް، ކުރިއެރުންތައް ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެކުގައި މަސައްކަތްކޮށް، ބައްޓަންކުރައްވަމުން ގެންދަވަނީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ މުސްތަގުބަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

