ޑެންގީ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖަކު އިއްޔެ ނިޔާވެއްޖެއެވެ.

Ads by Asuru

ލ. ފޮނަދޫއަށް ނިސްބަތްވާ މި ކުއްޖާ ނިޔާވެފައިވަނީ، އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށްކަން ވަނީ އެނގިފައެވެ. އެއީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ފަރުވާ ދެމުން ދިޔަ އުމުރުން 21 އަހަރުގެ ޒުވާނަކު ވެސް އިއްޔެ ނިޔާވިއިރު، މިބަލި ޖެހިގެން  އޭޑީކޭގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކު ވެސް މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ނިޔާވެފައެވެ.