ފިލިޕިންސްއަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ގެއްލުން ލިބުނު މީހުންނަށް ތައުޒިޔާ ރައްދު ކުރައްވާ ކަމަށެވެ.
އަދި މި ދަނޑިވަޅުގައި، ދިވެހީން ތިބީ ފިލިޕިންސްގެ ރައްޔިތުންނާއެކުގައި ކަމަށާއި، އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ބުނީ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
މި ބިންހެލުމުގައި، މަރުވި މީހުންގެ އަދަދު މިހާރު 70 އާ ގާތްކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި، ގިނަ ންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފިލިޕީންސްގެ ސެބޫ ޕްރޮވިންސަަށެވެ.
މި ބިންހެލުމާ ގުޅިގެން އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިޔު ވޯކަރުން ދަނީ ކުރަމުންނެވެ.

