ރައީސް ޑރ.މުހައްމަދު މުއިއްޒު، ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަހައްދު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްގީ ކުރި މި ސަރަހައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓާއި ގައިޑް އަދި ސްކައުޓް ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވެފައިވާތީ، އެ ދަރިވަރުން ކޭމްޕްކޮށް އެކި ހަރަކާތްތައް ހިންގަން ބޭނުންކުރުމަށް ތައްޔާރުކުރި ސަރަހައްދެކެވެ.

މި ކޭމްޕް ސަރަހައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް ބޭނުންކުރާނެ ތަނެކެވެ.

ކޭމްޕް ކުރާ ސަރަހައްދު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ބަޒީރުންނާއި ކެޑޭޓާއި ގައިޑް އަދި ސްކައުޓް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.