ގެދޮރުވެރިޔާ“ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ވެރިން، އެ އިމާރާާތްތައް ކުއްޔަށް ދޭ ނަމަ، އެއްބަސްވުން ބާތިލްކޮށް ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދީފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ 4،000 ފްލެޓަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށާއި، އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.
އެ ހާލަތުގައި ފްލެޓު އެއްބަސްވުން ބާތިލްކޮށް، ފްލެޓު އަތުލުމުގެ ބާރު ވެސް އެފްޑީސީއަށް ދީފައިވެއެވެ.
ފްލެޓު ކުއްޔަށް ދޫކުރާނަމަ، އެއްބަސްވުން ބާތިލުކޮށް، އަތުލާނެ ކަމަށް ހަމްދާާން ވިދާޅުވިއިރު، އެ ފްލެޓުތައް ލިބުނު ބައެއް މީހުން، އެ ތަންތަން ކުއްޔަށް ދޫކުރާކަން އިޝްތިހާރު ކުރަން ވަނީ ފަށައިފައެވެ.

