ށ. ކަނޑިތީމުގައި މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން  ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑިތީމުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ ގޑިން 21:00 އާއި 21:30 އާ ދޭތެރޭ ކަމަށެވެ.

ތިން މިނެޓުގެ ވަގުތަށް ކަނޑިތީމުގައި ހަވާ އަރު ވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.