ށ.ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި އިމާރާތް ހުޅުވައިދެއްވާ ރައީސް މުއިއްޒު ވަނީ ކައުންސިލް އިމަރާތް ބައްލަވާލައްވާފައެވެ.

މި  އިމާރާތުގެ މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނައިގެން، ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

އެގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިން ރޫމެއް ހިމެނެއެވެ.

އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ހާއްސަ ކުރެވިފައިވެއެވެ.

އަދި މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމެއް ވެސް ހިމެނެއެވެ.