ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް( އެމްއޭސީއެލް)އާ ހަވާލުކޮށް އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ، ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގަންނެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި އިރު، އޭގެ ތެރޭގައިވެސް ކޮމަންޑޫ އެއާޕޯޓް ހިމަނާފައިވެއެވެ.
ކޮމަންޑޫގައި އެއާޕޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

