މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރައްވާނެ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެހައި މެޖިސްޓްރޭޓް ކޯޓުތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ، ދެންނެވުމުގައެވެ.

މިއާއެކު، މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސް އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވައިފައެވެ.