ވެރިރަށް މާލެއިން ފުރައިގެން، ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހައިލި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ ”އަލްމާކް-ފިޔަ“ ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުއްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ކަމަށެވެ.
ހޯދަމުން އައި މި މީހާއަކީ ބިދޭސީ ފިރިހެނެކެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ކޮޅުވެއްޓިން ތިން މީހަކު ގެއްލުނެވެ.
އެއީ، ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ. ކޮޅުވެއްޓި ބަންޑުން ޖެހި ދުވަހު، އޭގެ ތެރެެއިން އެކެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ވަނީ ފެނިފައެވެ.
އަދި އޭގެ ފަހުން ދެ ވަނަ މީހާގެ ހަށިގަނޑުވެސް މަރުވެފައި އޮއްވާ ފެނިފައިވެއެވެ.

