ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލ.މާވަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މާވަށު ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ބިންހިއްކުމުގެ މަސައްކަތާއެކު އެ ސަރަހައްދުގައި ފުޓްބޯޅަ ދަނަޑެއް އަޅައިދެއްވުމަށާއި، ރަށުގެ ޞިއްޙީ މަރުކަޒެގެ ހާލަތު ރަނގަޅުކޮށްދެއްވުމަށާއި، ސީއެމްބިއުލާންސްގެ ޚިދުމަތް ލިބޭނެގޮތް ހެއްދެވުމުގެ އިތުރުން، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާއިރު މާވަށަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސްޕޯޓްސް ފިޝިންގް އަށް ހާއްސަ ބޮއެއް ރަށުގެ ސަރަހައްދުގައި އަޅުއްވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރަށުގެ ސިއްޙީ މަރުކަޒުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުރިހާ ހެލްތު ސެންޓަރުތަކުން ބޭނުންވާ ކަންކަމުގައި ސީދާ މިނިސްޓްރީއާއި މުއަޒމަލާތްކުރާ ގޮތަށް މަސައްކަތް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާކުގެ ވާހަކަފުޅުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.