ރައީސް ޑރ.މުހައްމަދު މުއިއްޒު، ލ.މާމެންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މާމެންދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއްހޯއްދަވައިދެއްވުމަށާއި، ކަރަންޓް ނެޓްވޯރކް އަޕްގުރޭޑްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، އިތުރު ކްލާސް ރޫމާއި، މަލްޓި ޕަރޕަސް ހޯލެއް ބޭނުންވާކަމުގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.