ލ. ގަން ތުނޑީގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގަމު ތުނޑީގެ ނަރުދަމާ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ގަމުގެ ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ގަމު ތުނޑީ ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 36.53 މިލިއަން ރުފިޔާއަށެވެ.

