މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.

އެލާޓު ނެރުނީ މިރޭ 9:45 އިން ފެށިގެން 1:45އާ ހަމައަށެވެ.

މެޓުން ބުނީ، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށެވެ.

މީގެއިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވާއިރު ހއ. އަތޮޅުން ފެށިގެން ލ.އަތޮޅަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ. މި އެލާޓު ނެރެފައިވަނީ މެންދަމު 2:30 އާ ހަމައަށެވެ.

މެޓުން ބުނީ، އެލާޓު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ.