ނޮވެންބަރު މަހުގެ ދޭއްވާ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، އެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
މި ނިންމެވުމާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
އަދި މި ބަންދަށްފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.

