އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ބޭނުންވާކަމަށް އެ ސިޓީއާއި ގުޅިފައިވާ ހުޅުދޫއާއި މީދޫއިން ނިންމިއިފިއެވެ.
ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން މިއަދު ވަނީ ވޯޓު ދީފައެވެ.
މި ހިޔާލު ހޯދުމުގެ ވޯޓު ހެނދުނު 8:00 ޖެހިއިރު ފެށިއިރު، 4:00 އަށް ގިނަ ފޮށިތަކުގެ ވޯޓުލުން ވަނީ ނިމިފައެވެ.
ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ.
ނަމަވެސް ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދާށެވެ.
މިހާތަނަށް ގިނަ ފޮށިތަކެއް ގުނައިފައިވާއިރު، އެ ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދައިގެން އިދާރީ ހިންގުން ކުރިއަށްގެންދާށެވެ.
ހުޅުދޫއިން ވޯޓުލީ ޖުމްލަ މީހުންގެ 67 އިންސައްތައަށްވުރެ ގިނަ މީހުން ވަކިވާން ފެންނަކަމަށް ނިންމިއިރު، މީދޫ ވަކިވާން ފެންނަކަމަށް 82 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުދިނެވެ.
އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.

