ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޖޭއެސްސީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރެވެ.
ޖޭއެސްސީގެ މެންބަރަކަށް އޭނާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހުއެވެ.
އަދި ޖޭއެސްސީގެ ރައީސްގެ މަގާމަށް ރިޒާ އައްޔަންކުރައްވާފައިވަނީ ޖޫން މަހުގެވ12 ވަނަ ދުވަހުގައެވެ.

