ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި ކެމްޕެއިންގެ އަމާޒަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ހިދުމަތް ދިނުމާއި، ހެޖު ތެރޭގައި ގަސްއިންދުމާއި ކުނިއެޅުން ފަދަ މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅު އަޅަމުން ދިއުން ކަމަށެވެ.

އެޗްޑީސީގެ ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ތެރެއިން- ފޮޓޯ/ އެޗްޑީސީ
މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެއަކީ ސާފު ރީތި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ.

އެޗްޑީސީގެ ”ހިތްފަސޭހަ ހުޅުމާލެ“ ކެމްޕެއިންގެ ތެރެއިން- ފޮޓޯ/ އެޗްޑީސީ
މި ޕްރޮގްރާމް ކުރިއަޑް ގެންދަނީ 12 ޒޯނަކަށް ބަހާލައިގެން އެޗްޑީސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

