ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން އައްޔަނުކޮށްފިއެވެ.

އެންއައިސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 1188، އަލްއުސްތާޒު ޝުއައިބު އަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، އަލްއުސްތާޒު ޝިފާޒު އަލީއާއި ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.