މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ މަގާމަށް ފަރުހަތު އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި 60 މެންބަރުންގެ ތެެރެއިން 49 މެންބަރުންގެ ވޯޓުންނެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.
ފަރުސަތަކީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި މެންބަރުންގެ ތެރެއިން މެންބަރެކެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީންވެސް ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިފައެވެ.

