ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމު ކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ތުލުސްދޫގައި ސްޓެލްކޯއިން ގާއިމް ކުރާ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ކ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަމަންޓް ތޯރިގު އިބްރާހީމްއެވެ.

މި މަޝްރޫއުގެ ދަށުން އައު އިންޖީނުގެ، ކަސްޓަމަރ ސަރވިސް ބިލްޑިން އަދި އިންފާރުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، މި މަސައްކަތް ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުއެވެ.

މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވާ ތާރީހަކީ އަންނަ އަހަރުގެ މާޗު މަހުގެ 30އެވެ.

ސަންވިލް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ، 11،954،501.00 ދިވެހި ރުފިޔާއަށެވެ.