ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ އުތުރަށް ވައިޓު އެލާޓު ނެރެފިއެވެ.
މެޓުން ބުނީ، މި އެލާޓުގެ ވަގުތަކީ، މިރޭ 7:00 އިން ދަންވަރު 1:00 އަށް ކަމުގައެވެ.
އެލާޓުގެ ވަގުތުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް މެޓުން މިއަދު ވަނީ، ހއ އިން އދ އަތޮޅަށް ވައިޓު އެލާޓު ނެރެފައެވެ. ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ނެރުނު މި އެލާޓުގެ ވަގުތަކީ މެންދުރު 7:00އާ ހަމައަށެވެ. ވަގުތު ހަމަވުމުން، މެޓުން މިވަނީ، އެލާޓުގެ ވަގުތު ދަންމައިލައިފައެވެ.

