އަންނަ އަހަރަށް ލަފާކޮށް، 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.
މި ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓް ހަރަދު ނުވަތަ ހިންގުމުގެ ހަރަދު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ޖުމުލަ ބަޖެޓުގެ އަދަދު ރިކޯޑު މިންވަރެއް ކަމަށްވާ 64 ބިލިއަން ރުފިޔާއަށް އެރީ އެ ދަރަނި ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ.
އެކަމަކު، އެ ހަރަދު ކަނޑާލުމުން ބަޖެޓަކީ ޖުމުލަ 55 ބިލިއަން ކަމަށް އޭނާ ވިދާޅުވިއެވެ.
”އަންނަ އަހަރުގެ ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރައާއި އުޖޫރައިގެ ހަރަދު،“ ޒަމީރު ވިދާޅުވިއެވެ.
(ތަފްސީލު އަންނަނީ….)

