ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްޖިދުއްދައުވާގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މި މިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ.

މި މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ.

މި މިސްކިތް ފަރުމާކުރެވިފައިވަނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަސީލަތްތަކާވެސް އެކުގައެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ.

މި ޕްރޮޖެކްޓަށް ފަންޑުކުރައްވަނީ، މުހައްމަދު އާދިލް، ނިޒާރު އަހުމަދު، ޒީބާ ސައީދު އަދި ރަހުމަތުﷲއެވެ.