މާލެ-ހުޅުލެ ގުޅޭ ސިނަމާލެ ބްރިޖު ހައިވޭގައި މިއަދު ހަވީރު  ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 04:00 އެހާއިރު ސިނަމާލެ ބްރިޖް ހައިވޭއިން ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރު ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެއް ކާރުން އަނެއް ކާރު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް، އެކްސިޑެންޓްވި ދެ ކާރަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.