މާލޭގެ ގެއެއްގެ ސިޑިގޮޅިން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ރޮޓަންއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.