ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް މިއަދު ސޮއި ކުރެއްވީ ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބަދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރޭގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އަފާމީ މޯލްޑިވްސްގެ ފަރާތުން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަމީން މުހައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު، އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެއެވެ.

މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސްގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.