ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
ފުވައްމުލަކު ސިޓީގެ ޑޮލަރު އޭޓީއެމް ހުޅުއްވައި ދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބުމަށް އިތުރު ފުރުސަތެއް ހުޅުވިގެން ދިޔުން ކަމަށެވެ.
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ 42 ބްރާންޗް 202 ސެލްފް ސަރވިސް ސެންޓަރު އަދި 260 އޭޓީއެމް ގާއިމު ކުރެވިފައިވާ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތަކާއެކު އަމާޒަކީ އަފްރާދުންނާއި ވިޔަފާރިތަކަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

