ގއ. ވިލިނގިލީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އެކްސިޑެންޓި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މާލެ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ވިލިނގިލީ ސޯސަންވިލާ ވިކާޝް އަހުމަދު، 26އެވެ.

އޭނާ އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގެއެެއްގެ ފާރަކަށް އަރައެވެ.

އެ ހާދިސާއާ ގުޅިގެން ވިކާޝް ބޮޑެތި ޒަހަމްތަކަކާ އެކު ވެއްޓިފައި އޮއްވައި ފެނުނީ ރަށު ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ.

އެއީ ހޯމަ ދުވަހުގެ ރޭ މެންދަމު 1:30 ހާއިރުއެވެ. އޭނާ މާލެ ގެންގޮސް އައިޗީއެމްގައި ފަރުވާދޭން ފެށީ އަންގާރަ ދުވަހުއެވެ.

ވިކާޝްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ބޭއްވީ އާސަހަރާގައެވެ.