ކުރިޔަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މިހާރުވެސް ބައެއް ރަށްތަކުގެ ކައުންސިލުން ރޯދަ ހަދިޔާ ބެހުމަށް ގޭބިސީތަކުން ރަޖިސްޓްރީވަމުން އިއުލާން ކުރަމުންދާ ކަމަށެވެ.

މިދިޔަ ރޯދަ މަހު މުޅި ރާއްޖޭގެ 111،808 އަށްވުރެ ގިނަ ގޭބީސީތަކަށް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައެވެ.

އަދި އަތޮޅުތެރޭގެ 61099 ގޭބީސީއާއި މާލޭގެ 49،899 ގޭބީސީއަށް ވަނީ މަސްދަޅު ކޭސް ބަހައިފައެވެ.

2024 ވަނަ އަހަރުގައި ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ދީފައި ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި، 10 ކިލޯ ހަނޑުލެވެ.